rad
ޚަބަރު •

މިއުޅެނީ ވެރިކަން ކުރާކަށް ނޫން، ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ޚިދުމަތްކުރަން": އެމްޑީޕީގެ ޕްރައިމަރީއަށް ނުކުންނަވަން ފައިސަލް ނިންމަވައިފި

ހަަސަން ޚާލިދު

ލިޔުންތެރިޔާ

މިއުޅެނީ ވެރިކަން ކުރާކަށް ނޫން، ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ޚިދުމަތްކުރަން": އެމްޑީޕީގެ ޕްރައިމަރީއަށް ނުކުންނަވަން ފައިސަލް ނިންމަވައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފައިސަލް ނިންމަވައި، އެކަން ރަސްމީކޮށް އިޢުލާނު ކުރައްވައިފިއެވެ. ފައިސަލް މި އިންތިޚާބަށް ނުކުމެވަޑައިގަންނަވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާއެކު އެއް ޓީމެއްގެ ގޮތުގައެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމުގެ މަޤްޞަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ވެރިކަމަށް އައުމުގެ އަސްލު ބޭނުމަކީ ވެރިކަން ކުރުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެންމެ އިސް އަމާޒަކީ ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރި ކަމާއި ހިދުމަތް ކުރުން ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، އޭނާއާއި މޭޔަރު އާޒިމްއަކީ ދައުލަތުގެ މުދަލުން ވައްކަންކުރުމާއި، ކޮރަޕްޝަނާއި އަދި ރައްޔިތުންގެ މެދުގައި އެއްވެސް މިންވަރަކަށް ތަފާތުކުރުންތައް ގެންގުޅުމާ ދެކޮޅު ދެބޭފުޅުން ކަމަށެވެ. އަދި އެ ދެބޭފުޅުން އަބަދުވެސް ވަކާލާތު ކުރައްވަނީ މުޖުތަމަޢުގައި އިންޞާފާއި ހަމަހަމަކަން ޤާއިމުކުރުމަށް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ނިންމެވުމާއެކު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް ބެލެވޭއިރު، ޕާޓީގެ ޢާންމު މެންބަރުންގެ މެދުގައިވެސް މި ޓީމަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް